ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަށް ފުލުހުން ވަދެއްޖެ އެވެ.
ފުލުހުން ބުނީ، ލިބުނު މައުލޫމާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސްކޫލުގައި ފުލުހުން ހަރަކާތްތެރިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި މިކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީންވެސް އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެ އެވެ.
ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުން އެ ސްކޫލުގައި ހަރަކާތްތެރިވަމުން ދަނީ ލިބުނު އިންޒާރުގެ ރިޕޯޓަކާ ގުޅިގެންނެވެ.



