މެސެންޖާއިން މީހަކާ ވާހަކަދައްކައި، އޭނާގެ އޮރިޔާން މަންޒަރު ހުރިކަމަށް ބުނެ ބްލެކްމެއިލްކޮށް، ހުޅުމާލެ ގެންގޮސް، ވަޅިން ބިރުދައްކައި، އޮރިޔާންކޮށް ވީޑިއޯކޮށް، ފޭރުނު ކަމަށް ބުނާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފެށުނީ، މެސެންޖާއިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައި ބްލެކްމެއިލްކުރި ހިސާބުންނެވެ.
ބްލެކްމެއިލްކުރުމަށްފަހު، އެ މީހާ ހުޅުމާލެ ފޭސް އެކަކަށް ގެންގޮސް، ވަޅިން ބިރުދައްކައި، އޭނާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކުރުމަށްފަހު ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ވަނީ ހައްޔަރުކޮށްފައެވެ. އެއީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، އުމުރުން 29 އަހަރުގެ މުޙައްމަދު ޟަމީރާއި، ލ. ގަން، ތުނޑި، އަރާއިރު، އުމުރުން 37 އަހަރުގެ ޢަލީ ހައިސަލެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް އެކެއްގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުންނެވެ.
ފުލުހުން ބުނި ގޮތުގައި އެ އެޕާޓްމަންޓު ބަލައިފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ވެސް ފުލުހުން ހޯދިއެވެ. އެއީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި