ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ އެ މަގާމުން ވަކިކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ، ސްޓެލްކޯ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް އެ މަގާމަށް އަހުމަދު ސަމާހު ރަޝީދު އައްޔަންކޮށްފައިވާ ކަމަށެވެ.
ސަމާހު އަކީ މި ސަރުކާރުގައި މިފްކޯގެ އެމްޑީގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
އެ މަގާމުގައި ހުރެ، މިފްކޯގެ ވަސީލަތްތައް ސަމާހު އަމިއްލަ ކަންކަމަށް ބޭނުންކުރުމާއި ކުންފުނީގެ ސިޔާސަތުތަކާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުވެސް ކުރި އެވެ. އެ މައްސަލައިގައި މަހަކަށް ވުރެ ގިނަ ދުވަހު ސަސްޕެންޝަނުގައި ހުރި އިރު، ސަސްޕެންޝަން އުވާލުމަށްފަހު އޭގެ މަހެއް ފަހުން މަގާމުން ވަކިކުރި އެވެ.
އޭގެ ފަހުން ސަަމާހު އައްޔަންކުރީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަކަރަށެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.




ގުޅުންހުރި
ގޯލަކާއެކު ވެސް ރައީސްގެ ޓީމަށް ނާކާމިޔާބީ، އިންފަންޓީނޯގެ ޓީމު މާ ވަރުގަދަ!
މާތް ﷲގެ ވަލިއްޔުންގެ ދަރަޖައަކީ ނަބިއްޔުންނާއި ޝަހީދުންވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެކެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި
ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް ޔާމީން އެކަނި
އައްޑޫގައި މަރުވި ދެމަފިރިންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި، ޖަނާޒާ މިއަދު
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކަށް ހައްޔަރުކުރީ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން!