ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޔޫތް މިނިސްޓަރަކަށް ހުންނެވި އަހުމަދު މަހުލޫފް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަކިވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މަހުލޫފް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
ވަކިން ހާއްސަކޮށް ރައީސް ސޯލިހު ރާއްޖެއަސް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން، އެ މަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރުއަދާކޮށް އުފާކުރާ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.
މަހުލޫފްގެ ސިޓީގައި އޭނާއަށް ތާއީދުކޮށްދެއްވި އެމްޑީޕީގެ މެންބަރުންނަށްވެސް ޝުކުރު އަދާކުރެއްވި އެވެ. އަދި އޭނާ ޕާޓީން ވަކިވުމާއެކު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތް ނަމަ އެކަމަށް މައާފަށްވެސް އެދިފައިވެ އެވެ.



