ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އަދި ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީލު ޖަމީލްއަކީ މަހު މުސާރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ދެ ބޭފުޅުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރާއެކު ޑީލެއް ހެދުމަށް ޖަމީލު ވެސް އަދި މަލީހު ވެސް ހުށަހެޅި ކަމަށާއި ނަމަވެސް ލީޑާޝިޕުން އެ ދެ މީހުންނާއެކު ޑީލަކަށްދާން ބޭނުންނުވީ ކަމަށެވެ. ސަބަބަކީ ޖަމީލާއި މަލީހަކީ ރައްޔިތުންގެ އެއްވެސް ތާއީދެއް އޮތް ބައެއްކަަންނުވުން ކަމަށް ފަލާހު ވިދާޅުވި އެވެ.
”ޔާމީން ކޮންމެ މަހަކު ޖަމީލާ، މަލީހަށް މީހަކަށް 75،000 ރުފިޔާ މުސާރަދެނީ ރައްޔިތުންގެ ބައިތުލްމާލުން. ޔާމީން ވަގަށް ނަގައިފައިވާ އެތައްސަތޭކަ މިލިއަން ރުފިޔާގެ ތެރެއިން. ސިޓިންރޫމުގައި ތިޖަހާ ސަކަރާތް ބަޔަކަށް ނޭނގުނަސް އަޅުގަނޑުމެންނަށް އެނގޭ“ ފަލާހު ވިދާޅުވި އެވެ.
ޔާމީން މަސައްކަތް ކުރަމުންދަނީ އެ މަނިކުފާނު ވަގަށް ނަގާފައިވާ ފައިސާތަކުގެ ވާހަކަ އޮއްބާލައި މައުސޫމް ކުށެއްނެތް ބައެއްގެ ބޮލަށް ހުރިހާކަމެއް ޖަހަން ކަމަށް ފަލާހު ވިދާޅުވި އެވެ.
ނަމަވެސް ތަފާތު ގޮތަކަށް ގޭމްކުޅެގެން ކޮށްފައިހުރި ނުބައި ކަންތައްތައް އޮއްބާލަންކުރާ ޕްލޭންތައް ފެއިލްވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

ގުޅުންހުރި
ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާއަކީ ރިޝްވަތު: ޔާމީން
ފަލާހު، އިންނަމާދޫން 3 ގޯއްޗާއި ހުޅުމާލެ އިން ގޯއްޗެއް ބައްލަވައިގެންފި!
ސިޔާސީ ޕާޓީތަކަށް 28 މިލިއަން ރުފިޔާ ދޫކޮށްފި،ޕީއެންސީއަށް 13.3 މިލިއަން
އުލުބޭންދުމަކީ ނޭގިގެން ރަދީފު ހޯދާކަށް ނުޖެހޭ: ޔާމީން
ނޫސްވެރިން އުލުބައިންދަން ފަލާހު ވިދާޅުވި މައްސަލަ ތަހުގީގުކުރަން ޕީޖީގެ ލަފާ ހޯދަނީ
އުލުބައިންދާ ވާހަކައަށް ހަލީލާއި އަސްވާޑުގެ ބަހެއް ނެތް