ނިންމުންތައް ނިންމާއިރު ރައްޔިތުންގެ އަޑުއެހުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޖުތަމައުގެ އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ނިންމުންތައް ނިންމުމުގައި ހުރިހާ ރައްޔިތުންގެ އަޑު އަހައިގެން ކުރިއަށް ދިއުމުގައި ދެމިތިބެންވާނެ ކަމަށެވެ.
”ނިންމުންތައް ނިންމުމުގައި ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ އަޑު އަހާ ބަޔަކަށް ވާންޖެހޭ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އަސާސްތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރާއިރު ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ހައްގުތައް ކަށަވަރުކޮށް، އަމިއްލަ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތައް އެއްބާރުލުން ދޭނެ ކަމަށެވެ.

ގުޅުންހުރި
އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓަށް ރައީސް ގަތަރަށް
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު
ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފަށަނީ
ބިން ނުހިއްކަން ނިންމުމާ ގުޅިގެން ދޮންފަނު ރައްޔިތުން މުޒާހަރާ ކުރަނީ
ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރުމުގެ ވިސްނުން ރައީސް ހުށަހަޅުއްވައިފި
އާބާދީ ކުޑަޔަސް، ބްލޮކް ގްރާންޓުގެ ފައިސާ އިތުރުކޮށްދޭން ނިންމައިފި