ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރު ދަންމާނުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔާލު ހޯދުމުގެ ވޯޓުގެ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ހިޔާލު ހޯދުމުގެ ބިލުގެ މަގްސަދަކީ ރިޔާސީ ދައުރު ދަންމާލުން ނޫން ކަމަށެވެ.
”ރިޔާސީ ދައުރު މި ސަރުކާރުގައި ނުދަންމާނެ. އަޅުގަނޑުމެން ތާއީދެއް ނުކުރާނެ [އަދި] ރައީސުލްޖުމްހޫރިއްޔާ ވެސް ކުޑަކޮށް ވެސް ތާއީދު ނުކުރައްވާނެ،“ ފަލާހު ވިދާލުވި އެވެ.
”މި ބިލު ފާސްކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ ދައުރު ކުރުވާނެ. ހަ މަސްދުވަހުގެ މުސާރަ އަޅުގަނޑުމެން ގުރުބާން ކުރާނެ. މިއީ އެމްޑީޕީއަށް ކެރޭނެ ކަމެއް ނޫން،“
ހިޔާލު ހޯދުމުގެ ވޯޓުގައިވާ ގޮތުން އެ ބިލާ އެކު ނަގާ އެއް ވޯޓަކީ، ސަރުކާރުން ބުނެފައިވާ ގޮތުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމެވެ.



