ނޫސްވެރިންނަށް އަދަބު ދިނުމާއި މީޑިއާތައް ބަންދުކުރުމުގެ ބާރު ދީފައިވާ މީޑިއާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ހާމަވެގެންދަނީ ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ މިންވަރު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އިބޫ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އިއްޔެއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު, ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކުރި ބިލާއެކު ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ދިޔައީ ކަމަށް ވިދާޅުވި އެވެ.
”ނޫސްވެރިންނާއި ސިޔާސީ ޕާޓީތަކާއި މީޑިއާތަކާއި މަދަނީ ޖަމިއްޔާތައް އަދި އާންމުންގެ ކަންބޮޑުވުންތަކާ އެކު ވެސް އެ ބިލް ފާސްކުރުމަކީ ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ މިންވަރު ހާމަވެގެންދާ ކަމެއް،“ އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީން އެ ބިލާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި ދިވެހިންނަށް އިޖުތިމާއީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި އެ ޕާޓީން ސާބިތުވެ އޮންނާނެ ކަމަށެވެ.
ފަސްދޮޅަސް މެންބަރުންގެ ވޯޓާއެކު, މަޖިލީހުގެ މި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ބިލު ފާސްކުރި އިރު އެ ބިލާމެދު 150 އަށްވުރެ ގިނަ ނޫސްވެރިން ނުރުހުން ފާޅުކޮށްފައިވާއިރު ބާ ކައުންސިލާއި އިދިކޮޅު ސިޔާސީ ޕާޓީތައްވެސް ބިލާމެދު ނުރުހެ އެވެ.

ގުޅުންހުރި
ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި
މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި، ކަންވެ ނިމުނުއިރު ބިލާ ހަވާލުވީ ސަރުކާރުން!
މީޑިއާ ބިލު ފާސްކުރަން އުޅެނީ އާދަޔާހިލާފަށް އަވަހަށް، ކަންބޮޑުވޭ: ކުރީގެ ޕީޖީ
ގަތަރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
އެޑިޓަރުންގެ ޖަމިއްޔާ ވަނީ ޕެރެލައިޒް ވެފައި، އެ ޖަމިއްޔާ އިން ހިރިގާ
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު