40 ބިދޭސީއަކު ފާސްކޮށް، ގަވާއިދަށް ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އެ މީހުން އަތުލައިގަތީ ހުޅުމާލޭގެ ހައިވަކަރު މަގުގައި ހިމެނޭ އެކޮމޮޑޭޝަން ބްލޮކްތަކާއި އެ ސަރަހައްދުތަކުގައި މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ މީހަކު ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދަން އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ، ސައްހަ ވިސާއެއް ނެތި ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ގިނަ ބިދޭސީން ވަނީ ހިފަހައްޓައިފަ އެވެ.




ގުޅުންހުރި
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
4 މަސާޖު ޕާލާއެއް ރެއިޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން
ބަނގުރަލުގެ ވިޔަފާރިކުރާ ނޭޕާލް ގުރޫޕަކާއި ބަނގުރާ ގެންގުޅުނު ބަންގްލަދޭޝް ގުރޫޕެއް ހައްޔަރުކޮށްފި