ހައުސިން މިނިސްްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އެ މިނިސްޓްރީގެ ކުރީގެ އިސް އެހެން ތިންވެރިއެއްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ކުރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ފުލުހުން ކުރަމުންދާއިރު އެ ތަހުގީގަށް އަކްރަމާއި އޭރުގެ ބައެއް އެހެން އިސް ވެރިންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދުނީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް މީހުންނަށް އުސޫލާ ހިލާފަށް ފޮއިންޓު ދީ ޝަރުތު ފުރިހަމަނުވާ ބަޔަކު ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާ މައްސަލައިގަ އެވެ.
ދައުވާކޮށްދޭން އެދުނު މީހުން:
1. އަކްރަމް ކަމާލުއްދީން (ފްލެޓް ކޮމިޓީގެ ޗެއާ، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު)
2. މުހައްމަދު އާރިފް (ފްލެޓް ކޮމިޓީގެ މެމްބަރު، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު)
3. އަހްމަދު ވިޝާން ނަސީމް، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު
4. ޟިރުއާމް ވަހީދު، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު
އޭސީސީން މީގެ ކުރިން ބުނެފައިވަނީ ދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނާއި ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންގެންދާ މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެކިގަރީނާއިން އެނގޭތީ، އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް މުޙައްމަދު އާރިފް، ހައުސިން މިނިސްޓްރޫގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޝިރުއާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުރި އަހުމަދު ވިޝާން ނަސީމްގެ މައްޗަށް ކަމަށެވެ.
އެ ހުރިހާ މީހުންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ނާޖާއިޒް މަންފާއެއް ހޯދައިދިނުމުގެ ދައުވާކަމަށް އޭސީސީން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގުގައި ”ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު“ ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކަންވެސް ތަހުގީގު ކުރަމުންދާކަމަށް އޭސީސީން ބުންޏެވެ.




ގުޅުންހުރި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އަންނަ ރޯދަ މަހުގެ ކުރިންވެސް 4,000 ފްލެޓްތަކަށް ވަދެވޭނެކަމުގެ އުއްމީދެއް ނެތް!؟
ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތައް ޕީޖީގެ ލަފައެއްނެތި ނައްތާނުލުމަށް އަންގައިފި