ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ނުކުމެ ކުރި ބޮޑު މުޒާހަރާތަކުގެ ލީޑަރު، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ވާދަކުރަން ނިންމައިފި އެވެ.
ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދިނުމާ ގުޅިގެން ނޭޕާލްގެ ރައީސް ރާމްޗަންދުރަ ޕުޑެލް ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފަ އެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުން ވަގުތީ ބޮޑުވަޒީރުގެ މަގާމާ ހަވާލުވީ އެ ގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާކީ އެވެ.
ނޭޕާލްގެ ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބާއްވައި އާ ބޮޑުވަޒީރެއް މާޗު ފަހެއްގައި އިންތިހާބު ކުރާނެ އެވެ.
ނޭޕާލް މުޒާހަރާތަކުގެ ލީޑަރު އުމުރުން 36 އަހަރުގެ ސުދާން ގުރުންޖް ބުނީ، ޒުވާނުން ހިންގާ ގައުމަކަށް ނޭޕާލް ހެދުމަށްޓަކައި އޭނާ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީއެއް ހަދަން ބޭނުންނުވާ ކަމަށާއި ރައްޔިތުންގެ ސަރުކާރެއް ބިނާކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
ނޭޕާލްގައި މުޒާހަރާތައް ފެށުނީ ސޯޝަލް މީޑިއާ ބޭން ކުރުމަށް ސަރުކާރުން ނިންމުމުންނެވެ. އެ މުޒާހަރާތައް ފަހުން ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކަކަށް ބަދަލުވިއިރު، މުޒާހަރާތަކުގައި 51 މީހުން މަރުވެ، 1300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!