އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު މަސްތުވާތަކެއްޗާއެކު ރޭ ހައްޔަރުކޮށްފި އެވެ
ފުލުހުން މިއަދު ބުނީ، ހުޅުމާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓް އަމުރެއްގެ ދަށުން އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ފެނުމާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް އާންމު އުސޫލުން ހައްޔަރުކުރި މީހުންގެ ފޮޓޯއާއި ވަނަވަރެއް ފުލުހުން މިފަހަރު އާންމެއް ނުކުރެ އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރި ދެ މީހުންނަކީ ފައެނާ އާއި އޭނާގެ ފިރިމީހާ އެވެ.
ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާގެ އިތުރުން އޭޖީ އޮފީހުގެ އިސް ބައެއް މަގާމުތައްވެސް މީގެ ކުރިން އަދާކޮށްފައިވާ ބޭފުޅެކެވެ.




1 Comment
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި