ބަންކަރިންގެ ހިދުމަތުން އަހަރެއް ތެރޭ ލިބުނީ 12 މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގޭގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ސައީދު ވަނީ ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ ބަންކަރިންގެ އަދާހަމަ ހޯދުމަށް ސައީދުއާ ސުވާލުކުރައްވައިފަ އެވެ.
އެއަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ, ބަންކަރިންގެ ކަންކަން ކުރިއަށް ގެންދަނީ އެސްޓީއޯ އިން ކަމަށެވެ.
”ސެޕްޓެމްބަރު މަހު 2024 ގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތްފެށި މިހާ ހިސާބަށް 192،149،939 ރުފިޔާ (12 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯ އިން އަޅުގަނޑުމެންނަށް ފޯރުކޮށްދީފަ ހުރި މައުލޫމާތުތަކުން ހާމަވޭ،“ ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, މިހާތަނަށް ލިބުނު އާމްދަނީގެ ތެރެއިން 83 ޕަސެންޓަކީ ލޯ ސަލްފާ ފިޔުލް ކަމަށެވެ. އެއީ ރާއްޖެއަށް ކުރިން ގެނެސްގެން ބަންކާ ކުރި އެއްޗެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ސަރުކާރުން ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު 10 ގައެވެ. އެ ހިދުމަތުގެ ދަށުން އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިންނެވެ.




ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް