މާލެއިން ފުރައިގެން އެރިޔަދޫއަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ދެންމެ ބުނީ، މަރުވެފައި އޮއްވައި ފެނިފައިވަނީ ގއ. ދާންދޫ/ ސަރުސޫނުގެ، އަހުމަދު ޝިފާން (38އ) ކަމަށެވެ. އޭނާގެ ހަށިގަނޑު މޫދު އަޑިން ފެނިފަވަނީ މިއަދު ހެނދުނު 08:04 ހާއިރެވެ.
’އަލްމާކް ފިޔަ‘ ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލި އިރު އޭގައި ހަތް މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތަރު މީހަކު ރޭ 3:48 އެހާކަށްހާއިރު ވަނީ ސަލާމަތްކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ލޭންޑިން ކްރާފްޓް މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ. އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެ އުޅަނދުން ދަތުރުކުރި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ވެސް އަދި އެމްއެންޑީއެފް ކޯސްޓް ގާޑުން ވެސް މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ. އެހެންކަމުން ގެއްލިގެން ހޯދަމުންދަނީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއްވެސް އަދި ނޭނގެ އެވެ.
މެރިން ޕޮލިހުން ކުރިން ބުނެފައިވާ ގޮތުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގަ އެވެ.

ގުޅުންހުރި
މާލެއިން މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ”ނަސްރު ބޯޓު“ އަޑިއަށް ހިނގައްޖެ
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ކުލާސްރޫމްތައް
އަންނަ އަހަރަކީ ނުފުއްދި ހުރި ހުރިހާ ވައުދެއް ފުއްދުމުގެ މަސައްކަތް ފަށާނެ
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު ގެއްލިއްޖެ
72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ