ޑިސެމްބަރ 1, 2025

ކައިރި ކައިރީގައި އެއާޕޯޓް އަޅާތީ ނަޝީދު: ފެންނަނީ ޕްލޭނެއް ނެތްކަމާއި ޒިންމާދާރުކުޑަކަން

ކައިރި ކައިރީގައި އެއާޕޯޓް އަޅާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދު މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުތުރުގައި އެއާޕޯޓުތައް ހަދަނީ ލޯންޗުގައި 19-36 މިނެޓާ ދޭތެރޭ ދެވޭހާ ކައިރި ކައިރީގައި ކަމަށެވެ. އެކަމުގެ ސަބަބުން ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސޯދީ ނުވަތަ މާލީ ދެކޮޅުޖެހުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

”ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސޯދީ/ މާލީ ދެކޮޅު ޖެހުމެއް ނެތުން، ގައުމީ އެއާލައިންއަށް ދެއުޅިއެއްނުވާ ހަރަދުތަކެއް ހިންގަން ޖެހުން އަދި ލޯކަލް ޓޫރިޒަމްއަށްވެސް ކުރަންވީ މަންފާ ނުކުރުން، ސްޕީޑް ބޯޓުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަަޅަމުން ދިއުމުން ފެންނާނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ އަމާޒާއި ޕްލޭން ނެތްކަމާއި ޒިންމާދާރުކަން ކުޑަކަން،“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މި ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްފަހި، ކޮމަންޑޫ އަދި މިލަންދޫގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުންނެވެ.

3 Comments

  • Mohamed Shareef އޮކްޓޯބަރ 17, 2025

    Mee Bridge ves neylheyney buni Soru

  • Hussain Be އޮކްޓޯބަރ 17, 2025

    bodethi ferry nizaameh ufehdhiema hama Ranghalhu vaane konme atholhakah aharaku 1 ferry vias hama Ranghalhu vaane

  • Moona Moony އޮކްޓޯބަރ 18, 2025

    Male meehunah kamunudhiyaee dhoa

Leave a Reply