ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ޓީޗަރެއްގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި ހުޅުމާލެއިން ހައްޔަރުކުރީ 46 އަަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާއަށް ތުހުމަތުކުރަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތެވެ.
އެނގިފައިވާ ގޮތުގައި އޭނާ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ޓިއުޝަންދިނުމަށް އެ ކުއްޖާގެ ގެއަށް ދިއުމަށްފަހުއެވެ.


