ސްޓެލްކޯއަށް ޚިދްްމަތް ކުރުމަށްފަހު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފިއެވެ.
ސްޓެލްކޯއިން އެކުންފުނީގެ ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުންޏަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރި ބައެއް މުވައްޒަފުން ޝަރަފްވެރިކަމާއައެކު ރިޓަޔާ ކުުރުމާއި ގުޅިގެން އެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއް މިއަދު ބާއްވާފައިވާ ކަމަށެވެ.

ޝަރަފްވެރިކަމާއައެކު ސްޓެލްކޯގެ ހިދުމަތުން މިއަދު ރިޓަޔާ ކުރި މުވައްޒަފުންނަކީ:
- ޚިދުމަތުގައި 28 އަހަރު ހޭދަ ކޮށްފައިވާ ސީނިއާ ސްޓޭޝަން ސުޕަވައިޒަރު އަޙްމަދު ސަމީރު
- ހިދުމަތުގައި ފަސް އަހަރު ހޭދަކޮށްފައިވާ ސަވިސް ސުޕަވައިޒަރު އިބްރާހިމް އަޙްމަދު
މި ދެ ބޭފުޅުންނަށްވެސް ސްޓެލްކޯގެ ފަރާތުން ވަނީ އެ މުވައްޒަފުންގެ ޚިދްމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލައާއި ބެޖް އަރުވާފައެވެ.
މި ހަފްލާގައި ކުންފުނީގެ އެންމެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.



