ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފުން ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ފަތިހު 4:45 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ބޭންކުގެ މުވައްޒަފުންގެ އަތުން ފައިސާ ދަބަސް ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށެވެ.
އެ ފައިސާ ފޭރިގަތް އިރު، ފުލުހުން ކައިރީގައި ތިބި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް އެކަން ދޮގުކޮށް ފުލުހުން ބުނީ، އެ ފައިސާ ގެންދިއުމުގައި އެ އިދާރާގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ވީއައިއޭގެ ބާ ޓާމިނަލާއި އާ ޓާމިނަލްގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުން ފައިސާ އެއް ތަނުން އަނެއް ތަނަށް ގެންދަނީ ފުލުހުންގެ ސެކިއުރިޓީއާ އެކުގަ އެވެ. އަދި އޭޓީއެމްތަކަށް ވެސް ފައިސާ އުފުލާއިރު ފުލުހުން ތިބެ އެވެ.




ގުޅުންހުރި
ޔާމީން ވަޑައިގެންނެވީ ދިއްދުއަށް، ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު އަޅަނީ
އަންނަ މަހުން ފެށިގެން ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ: ރައީސް
ކައުންސިލްތަކަށް އަންނަ އަހަރު ދޭ ބަޖެޓުން އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވާން
ނާޒިމްގެ ކަންބޮޑުވުން: ސިނގިރޭޓް ވަގަށް އެތެރެކުރުން އިތުރުވެ, އާމްދަނީ އެބަ ދަށްވޭ!
ފައިސާ ފޭރިގެން މީހުން ފިލަން ބޭނުންކުރި ލޯންޗު ހޯދައި، 4 މީހަކު
ރައީސް އަނެއްކާވެސް އަތޮޅުތެރެއަށް، މިފަހަރު ޅ. އަތޮޅަށާއި ކ. އަތޮޅުގެ ތިން