މިދިޔަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ބުނި ޒިކުރާ މިސްކިތުގެ މަސައްކަތް ފެށޭނެ އާ ތާރީހެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވައިފި އެވެ.
ޒިކުރާ މިސްކިތުގެ އާ އިމާރާތުގެ ކުރެހުމަކާއެކު ޝަހީމް މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އެ މިސްކިތުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.
ނަމަވެސް ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ, ޒިކުރާ މިސްކިތުގެ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ޒިކުރާ މިސްކިތް ތިން ބުރިއަށް ނެގުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. މިއީ އެސްޖޭގެ ހަރަދުގައި ބިނާކުރާ މިސްކިތެކެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބައްޕާފުޅުގެ ހަނދާނުގައި ބިނާކޮށްފައި ހުރި ޒިކުރާ މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި ”ދާރުލް ޒިކުރާ“ ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެސްޖޭ ކުންފުންޏާ ހަވާލުކުރި އެވެ. އެ ނިންމުމުގެ ދަށުން އިސްލާމިކް މިނިސްޓްރީ އާއި އެސްޖީ ކުންފުންޏާ ދެމެދު، 130 މިލިއަން ރުފިޔާ ޖުމްލަ މަޝްރޫއުއަށް ލިބޭ ގޮތަށް ސޮއިކުރި އެވެ.
ނަމަވެސް, އެ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ދެ ފަރާތުން ވެސް ކޯޓަށް ދިޔަ އެވެ. އެ މައްސަލައިގައި އެންމެ ފަހުން ދެ ފަރާތުން އެއްބަސްވީ, ބަދަލުގައި އެސްޖޭގެ ހަރަދުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށެވެ.




ގުޅުންހުރި
އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލައިގައި ފުލުހުންގެ ހަތަރު މީހަކު ސަސްޕެންޑްކޮށްފި
ޖޭއެސްސީގެ ރައީސްކަމަށް ހުސްނީ
އާގަން ގޭސް ބަލްކުކޮށް އެތެރެކޮށް ރާއްޖޭގައި ފިލްކުރަން ފަށައިފި, ދަތިކަމަށް ނިމުމެއް
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ވަކިކުރީ 30 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމަށް ހިދުމަތްކުރި ވަހީދާއި ރިޔާޒު
ވަގު ސިނގިރޭޓް މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފި