ށ. މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައިގައި ހަތަރު މުވައްޒަފަކު ސަސްޕެންޑުކުރުމަށް ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުގެ ތެރޭގައި ފެންމަތިވި އެ މައްސަލައަކީ މިލަންދޫ ޕޮލިހުގެ ބަޖެޓުން ފައިސާތަކެއް އަމިއްލަ އެކައުންޓުތަކަށް ފުލުހުންތަކެއް ޖަމާކުރި މައްސަލައެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާތަކެއް ކަމެއް ކަށަވަރެއް ނުވެއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ނިންމާފައިވަނީ އެ މުވައްޒަފުން ވަކިކޮށް އިސްތިއުނާފު މަރުހަލާ ނިމެންދެން ސަސްޕެންޑްކުރުމަށް ކަމަށެވެ.
އެ މައްސަލައިގައި ވަކިކޮށް، އިސްތިއުނާފު މަރުހަލާ ނިމެންދެން ސަސްޕެންޑްކުރި މުވައްޒަފުންނަކީ ފުލުހުން ކަމެއް ކަށަވަރެއް ނުވެއެވެ.



