އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާހު ގެންނަވައިފިއެވެ.
ރައީސްގެ ގަރާރު އިސްލާހުކުރައްވާފައިވަނީ، އައްޑުއަތޮޅު ހުޅުދޫ އާއި އައްޑުއަތޮޅު މީދޫ އާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި މިދިޔަ މަހުގެ 25 ގައި ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ހުޅުދުއަށް ހާއްސަކޮށްގެން އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި ހުޅުދޫގެ ރައްޔިތުން ނިންމާފައިވާތީ އާއި، މީދުއަށް ހާއްސަކޮށްގެން އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި މީދޫގެ ރައްޔިތުން ނިންމާފައިވާތީއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އިސްލާހުކުރައްވައި މިއަދު ޝާއިއުކޮށްފައިވާ ރައީސްގެ ގަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ”އައްޑޫ“ އަކީ ”އައްޑޫ ސިޓީ“ ކަމުގައި ކަނޑައަޅައި، ”އައްޑޫ ސިޓީ“ ގައި ހިމެނޭނީ އައްޑުއަތޮޅު ”ހިތަދޫ“ އާއި، އައްޑުއަތޮޅު ”މަރަދޫ“ އާއި، އައްޑުއަތޮޅު ”މަރަދޫފޭދޫ“ އާއި، އައްޑުއަތޮޅު ”ފޭދޫ“ ކަމަށާއި، ”އައްޑޫ“ ގެ އިހުތިސާސްގެ ބައެއްގެ ގޮތުގައި އޮތް ”ހުޅުދޫ“ އާއި ”މީދޫ“ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.
އެ އިސްލާހާއެކު، ހުޅުދޫ އާއި މީދޫ ވަނީ، މީހުން ދިރިއުޅޭ ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގާރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިތުރުކޮށްފައެވެ. އަދި ”އައްޑޫ“ އަކީ ”އައްޑޫ ސިޓީ“ ކަމަށާއި، އައްޑޫ ސިޓީގައި ހިމެނެނީ އައްޑުއަތޮޅު ހިތަދޫ އާއި، އައްޑުއަތޮޅު މަރަދޫ އާއި، އައްޑުއަތޮޅު މަރަދޫފޭދޫ އާއި، އައްޑުއަތޮޅު ފޭދޫ ކަމުގައި ބަޔާންކޮށް، ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނައިފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށްފައެވެ.
ރައީސް އޮފީހުން ބުނީ އެ އިސްލާހަށް އަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެން ކަމަށެވެ.




2 Comments
ގުޅުންހުރި
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
ރައީސްގެ ނަސޭހަތް: މުސްތަގުބަލަށް ގުޑުވައިނުލެވޭވަރުގެ ބިންގަލެއް އެޅޭނީ ބަސް އަހައިގެން
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ