ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، އެމްއެންޑީއެފްގެ ޑްރޯންގެ އެހީގައި އަތުލައިގަތް ސްރީ ލަންކާއަށް ނިސްބަތްވާ ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެ ބޯޓު އަތުލައިގަނެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެ ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި ލަންކާގެ ބޯޓުން ޑްރަގު ފެނުނު އެ މައްސަަލައިގެ ތަހުގީގަށް ލަންކާގެ ކަމާބެހޭ ޓީމެއް ރާއްޖެއަށް ވަނީ އައިސްފައެވެ. ލަންކާގެ ފުލުހުންނާއި ލަންކާގެ ނޭވީގެ އޮފިސަރުންވެސް އެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ރިޕޯޓުކުރެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިޔަކު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، ލަންކާއިން ދަނީ އެ މީހުން ގައުމަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ.




ގުޅުންހުރި
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި
މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ