ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރުމަށް ބޭނުންކުރި ދެ ގޮނޑި ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.
އިނގިރޭސި ވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ ނިކޮލަސް ޑޭވިޑް ލޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.
މި ރަސްމިއްޔާތުގައި ހަލީލު ވަނީ އެ ދެ ގޮނޑިއަކީ ރާއްޖެ މިނިވަން ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަގުތުކޮޅުކަމުގައި ފާހަގަކުރައްވައި، އެފަދަ މާނަފުން ހަދިޔާއަކުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭކަމުގައި ވިދާޅުވެ އިނގިރޭސި ވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ލޯގެ ވާހަކައިގައި ރާއްޖެއާއި އިނގިރޭސި ވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.




ގުޅުންހުރި
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
މިއަހަރު ޔޫކޭއަށް ކުރެއްވި ތިންވަނަ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ރައީސް ޔޫކޭއަށް، މި އަހަރުގެ ތެރޭ ޔޫކޭއަށް ކުރައްވާ ތިންވަނަ ދަތުރުފުޅު
ލަންކާއަށް އެހީވާން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ދެނީ
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
ޔޫކޭގައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ޖަލަށްލީ ދިވެއްސެއް ނޫން!