އަންނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ނަފްސާނީ ބައްޔަކީ ރާއްޖޭގައި ވަރަށް ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް ނަފްސާނީ ފަރުވާ އާސަންދައިގެ ތެރެއިން މިއަދާ ޖެހެންދެންވެސް ކަވަރު ނުކުރާކަމީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
”ކުރިން އާސަންދައިން އެއްކޮށް ފަންސާނީ ބަލީގެ ފަރުވާ ކަވަެރއް ނުކުރޭ. މިއަދާ ހަމައަށްވެސް އެއްކޮށް ނުލިބޭ. އަޅުގަނޑުމެން އެކަމުގައި ހައިރާންވެފައި މި ތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް 1 ޖެނުއަރީން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސާނަން“ ރައީސް ވިދާޅުވި އެވެ.



