އަންނަ އަހަރު ޓެކްސް ބޮޑުކުރަން ނުޖެހޭނެ ގޮތަށް ރާވާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ބަހުސްގައި މެންބަރުން ފާހަގަކުރެއްވި ކަންތައްތަކަށް ޖަވާބުދެއްވަމުން، މަޖިލީހުގެ ޖަލްސާގައި މިއަދު ޒަމީރު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ އުނދަގޫ ދަރަންޏެއް ދައްކަންޖެހޭ އަހަރު ކަމަށްވީ ނަމަވެސް، އަންނަ އަހަރަށް ބަޖެޓް ހުށަހަޅާފައިވަނީ އެ ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް އެއްވެސް ހުރަހެއް ނާންނާނެ ގޮތަށް ކަމަށެވެ.
އަންނަ އަހަރު ޓެކްސް ބޮޑުނުކޮށް ބަޖެޓަށް އާމްދަނީ އިތުރުކުރުމަށް ތަފާތު އެކި ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން އިގުތިސާދު ފުޅާކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއާޕޯޓުތައް ހިމެނޭ ސަރަހައްދުތަކުގައި ޓޫރިޒަމް އެނދު އިތުރުވެ ގްރޯތު ރޭޓް މަައްޗަށް ދާނެ ކަމަށާއި ރީޖަނަލް އެއާޕޯޓުތަކަކީ ދައުލަތަށް ފައިދާވާނެ ތަންތަނަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ މަސައްކަތުގެ އިތުރުން ދުނިޔޭގެ ބޮޑެތި އިތުރު އިންވެސްޓްމެންޓްތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ޒަމީރު ވިދާޅުވިއެވެ.




1 Comment
ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް