ގޭންގުތަކުން ހޯދާ ކަޅު ފައިސާ ވަންނަން ފެށީމާ ރާއްޖެއިން ގޭންގު ނައްތާލެވިއްޖެ ކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިމިވަނީ، ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ރައީސް ވިދާޅުވީ ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށާއި ގޭންގު ގާނޫނަށްފަހު ގޭންގުތަކުގައި އުޅުނު ޒުވާނުން މިހާރު އުޅެނީ ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ކަމަށެވެ.
އިމްރާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގޭންގުތައް ނައްތާލީކީ ނޫން ކަމަށާއި ސަރުކާރުން ގޭންގުތައް އިތުރު މަތީ ހަރުފަތަކަށް ގެންގޮސްދީފިކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
”ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަން މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ގޭންގުތަކުން ހޯދާ ކަޅު ފައިސާ ވަންނަން ފެށީމާ ރާއްޖެއިން ގޭންގު ނައްތާލެވިއްޖެކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅުއްވުމަކީ ނުރައްކާތެރިކަމެއް،“ އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ދައުލަތުގެ އެންމެ މަތީ ވެރިމީހާ ނުކުންނަވައި އެ ވާހަކަ އެގޮތަށް ދެއްކުމުން ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި، ބޭރުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދިވެހިރާއްޖެއާ މެދު ދެކެމުން އަންނަ ގޮތް ބަދަލުވާނެ ކަމަށެވެ. އަދި އެއާއެކު ކަޅު ފައިސާ ދޮވެ ސާފުކޮށް ”ވައިޓް ކޮލާ“ ކުށްތައް ހިންގަން ސަރުކާރުން ފަހިކޮށް ފުރުސަތުދޭކަން ހާމަވެފައިވާ ކަމަށް ވިދާޅުވިއެވެ.




ގުޅުންހުރި
ކައުންސިލާ މެދު ޝަކުވާ ހުރި ކަމަށް ވިދާޅުވެ، ރައީސް މާލޭ ރައްޔިތުން
އަންނަ ރޯދަ މަހުގެ ކުރިންވެސް 4,000 ފްލެޓްތަކަށް ވަދެވޭނެކަމުގެ އުއްމީދެއް ނެތް!؟
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ބުނި ދެ ތާރީހުގައި ވެސް
މޯލްޑިވްސް 2.0: ކޫއްޑޫގެ ކައްޓާ ޑިޖިޓަލް ކުރަނީ
އަންނަ އަހަރުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭނެ:
ކުރިއަށްއޮތީ މާ ފާގަތި ތިން އަހަރު، ގައުމު ހަމަމަގަށް އަޅުވައިފި: ނައިބު