ގާނޫނީ މަފްހޫމަށް ފެތޭ ގޭންގުތަކެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވުމަކީ ދައުލަތުގެ އަމަންއާންމު ނެގެހެއްޓުމުގެ މަސްއޫލިއްޔަތުން ރެކިވަޑައިގަތުން ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެއްޖެއެވެ.
އަބްދުﷲ ދީދީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިމިވަނީ، ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ރައީސް ވިދާޅުވީ ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށާއި ގޭންގު ގާނޫނަށްފަހު ގޭންގުތަކުގައި އުޅުނު ޒުވާނުން މިހާރު އުޅެނީ ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ކަމަށެވެ.
އަބްދުﷲ ދީދީ ކުރެއްވި ޕޯސްޓުގައި ވަނީ، ރައީސް އެ ވިދާޅުވަނީ ކޮންވައްތަރެއްގެ ގޭންގެއް ނެތްވާހަކަތޯ ސުވާލުކުރައްވައިފައެވެ. ބޮޑަށް ގަބޫލުކުރެވެނީ ރައީސް އެ ވިދާޅުވަނީ، މާފިޔާ ސްޓައިލުގެ ހަތިޔާރު އެޅި ގޭންގު ނެތް ވާހަކަ ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ.
”ނަމަވެސް، މަގުމަތީގައި ހަރަކާތްވާ ’ސްޓްރީޓް ގޭންގް‘ ގެ ނޫނީ މަފްހޫމަށް ފެތޭ ގޭންގުތަކެއް ރާއްޖޭގަައި ނެތްކަމަށް އިންކާރު ކުރެއްވުމަކީ ދައުލަތުގެ އަމަންއާންމު ނެގެހެއްޓުމުގެ މަސްއޫލިއްޔަތުން ރެކިވަޑައިގަތުން ކަމުގައި މެނުވީ ނުވާނެ،“ އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ދީދީ ވިދާޅުވީ ދާދި ފަހުން ހިނގައިދިޔަކަމަށް ހަބަރު ފެތުރިފައިވާ ޖަމާއީ ރޭޕް ކޭސް އަކީ ވެސް ގޭންގު ކްރައިމް ނޫން އެހެން ކަމަކަށް ނުވާނެ ކަމަށެވެ.




ގުޅުންހުރި
އިމްރާން، ރައީސަށް: ގޭންގުތައް ނައްތާލެވިއްޖެ ކަމަށް ވިސްނައިދިނުމަކީ ނުރައްކަލެއް
ކައުންސިލާ މެދު ޝަކުވާ ހުރި ކަމަށް ވިދާޅުވެ، ރައީސް މާލޭ ރައްޔިތުން
އަންނަ ރޯދަ މަހުގެ ކުރިންވެސް 4,000 ފްލެޓްތަކަށް ވަދެވޭނެކަމުގެ އުއްމީދެއް ނެތް!؟
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ބުނި ދެ ތާރީހުގައި ވެސް
މޯލްޑިވްސް 2.0: ކޫއްޑޫގެ ކައްޓާ ޑިޖިޓަލް ކުރަނީ
އަންނަ އަހަރުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭނެ: