ނޮވެމްބަރ 29, 2025

ލަންކާ އިން ގެއްލުނު ދިވެހި އާއިލާ ފެނިއްޖެ 

ސްރީ ލަންކާގެ ނުވަރަލިޔާ އިން ގެއްލިގެން ހޯދަމުންދިޔަ ދިވެހި އާއިލާ ފެނިއްޖެއެވެ.

ދިވެހި ފިރިހެނަކާއި ލަންކާއަށް ނިސްބަތްވާ އޭނާގެ އަންހެނުން އަދި އެ ދެމީހުންގެ ދަރި، ނުވަރަލިޔާއަށް ގޮސްފައިވަނީ ޗުއްޓީ ދަތުރެއްގައެވެ.

އެނގިފައިވާ ގޮތުގައި އެމީހުން މިހާރު ވަނީ ފެނިފައެވެ. އެމީހުންގެ ހަބަރެއް ވެފައިނުވަނީ، ލަންކާއަށް ކައިރީގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ކުރަމުންދާ ވިއްސާރައިގައި އެމީހުން ތިބި ސަރަހައްދުން ކަރަންޓު ކެނޑިގެން މުއާސަލާތު ނުކުރެވުމުންކަން އެނގިފައިވެއެވެ.

ތޫފާނު “ޑިޓްވާ“ގައި ލަންކާގެ ގިނަ ސަރަހައްދުތަކަށް ގެއްލުންތައްވެ، 70 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.