ޑިސެމްބަރ 13, 2025

ސިނގިރޭޓު ވައްކަން: 11 މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި 11 މީހަކަށް ދައުވާކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި މިމަހުގެ ތިންވަނަ ދުވަހު ދިވެހި ފުލުހުން ހުށަހަޅާފައިވާ ކަމަށާއި ދައުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ އޮފީހުން ކުރަމުންގެންދާ ކަމަށެވެ. އަދި ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ އަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދައުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިއާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު އެ އޮފީހުން މިއަދު ވާނީ މުރާޖައާކޮށްފައި ކަމަށް ޕީޖީން ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް ބަންދުން ދޫކޮށްލައިފިއެވެ.

އެގޮތުން އެ ކުށުގެ އަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ އެޕޯލޯގެ ވެރިޔާ ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދު (ދިގަލި) އާއި، ލޮޓަސްގެ ވެރިޔާ މއ. އެވާގްލޯރީ، އަހުމަދު އާރިފް (އާއްޓޭ) އަދި ކޮންޓެއިނަރު ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހުމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެދުނުގޮތަށް އެ މީހުންގެ ބަންދާ މެދު ކޯޓުން ގޮތް ނިންމަވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ދިހަލި އާއި އާއްޓޭ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ކުށް ކުރުމަށް ރޭވުންކަމަށްވާ އިރު، އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ހަސަން އަބްދުއްރަހުމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީން ބުންޏެވެ.

ކ. މާލެ، ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފަކީ އެ މައްސަލަ އެ އޮފީހަށް ހުށަހެޅުނު އިރު، ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖައާކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ޕީޖީން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި މިހާރު ބަންދުގައި ތިބީ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއީލާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމާއި، ހ. ރުމޭނިޔާ، އަހުމަދު ފިރުސާނާއި، ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދާއި، ބަނގުލަދޭޝް، މުހައްމަދު އަލަމިން މިއާ އަދި ހ. ނިއުހެޕިނަސް، މުއާޒް އަލީ ކަމަށެވެ.

އެ މީހުންގެ ބަންދު މުރާޖައާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއް ނެތްކަމަށް ނިންމާފައިވާނެ ކަމަށާއި ސަބަބަކީ، އެމީހުންނަކީ އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ އެ ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީ ކަމަށް ޕީޖީން ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ އެ މައްސަލައިގައި ދައުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ އިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާ މެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާ ނަމަ، އެ މީހުންގެ ބަންދު އެ އޮފީހުން މުރާޖައާކުރާނެ ކަމަށެވެ.

2 Comments

  • Muhammad Ibrahim ޑިސެމްބަރ 11, 2025

    Thy maa kurin ves rahyithun nah vaane kan ingey kan kan… nikamethi meehaa abadhu ves hafus kohlaanee.. annehen hairaan vaan jehey varu ge kameh ves noon , mi raajjey ge thaareeh ga hingin enme bodu vakah MMPRC vahkan aeee mi qaumuga thibi enme mathy verina,siyaasee verinaa, majlis membarun naa, mahujanun naa,bodethi viyafaari verin naa,baeh police, baeh mndf …mi hurihaa enmen gulhigen kohfa oi vahkameh… hurihaa sarukaareh ga ves qaumu lootuvaalanee hama gulhigen… nikamethi rahyithun thiben jeheynee hama nikamethi kamuga 🙏

  • Ali Nahida ޑިސެމްބަރ 11, 2025

    Bodu 2 vagun dhookollaafa dhen thibi meehunna kon dhuvaa eh kuraakan

Leave a Reply