މާދަމާއިން ފެށިގެން ގަންނާނެ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސް ގަންނަ އަގަކީ 16 ރުފިޔާ ކަމަށް ކަނޑައަޅައިގެން، މިހާރު މިފްކޯއިން މަސް ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް ކަމަށެވެ.
އެކަމަށް ގެންނަ މައިގަނޑު އެއް ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން ކަމަށާއި މާދަމާއިން ފެށިގެން އެންމެ ދަށްވެގެން 16 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރުމުން، މިފްކޯއިން އެއިރެއްގައި ކަނޑައަޅާ އެންމެ ބޮޑު އަގެއްގައި މަސް ގަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގުވެސް ހެޔޮވެގެންދާނެ ކަމަށާއި އެގޮތުން އެވަރެޖުކޮށް ތެލުުގެ އަގުން 51 ލާރި ހެޔޮވާނެ ކަމަށެވެ. އަދި ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވަރެޖުކޮށް 71 ލާރި އަގުހެޔޮވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ދެކުނުގެ މަސްވެރިންނަށް ބަލާ އިރުގައި އެ ފަރާތްތަކުން އެވަރެޖުކޮށް ދުވާލަކު 2000 ލީޓަރު ތެލަށް ހަރަދުކުރާ ކަމަށާއި އެ ބަދަލާއެކު އެވަރެޖުކޮށް ގާތްގަނޑަކަށް 1000 އެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި
މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް:
އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން