ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑުރަގް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ، ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު އަތުލައިގެންފައިވަނީ ތިން ކިލޯގެ ކެނަބިސް ފަތްތަކެއް ކަމަށެވެ.
އެ ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެ އެވެ. އަދި އެ ޑުރަގު އަތުލައިގަތީ ކޮން ގައުމަކުން އައި މީހެއްގެ އަތުން ކަމެއްވެސް ނޭނގެ އެވެ.



