ޑިސެމްބަރ 17, 2025

ޒަމީރު މުހިންމު ސާޖަރީއެއް ކޮށްފި، ހާލު ރަނގަޅު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ މުހިންމު ސާޖަރީއެއް މިއަދު ކޮށްފިއެވެ،

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އެއީ ކޮންމެހެންވެސް މިވަގުތަށް ކުރުން މުހިންމު ސާޖަރީއެއް ކަމަށެވެ.

މިނިސްޓަރަށް މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، މިނިސްޓަރުގެ ހާލު ރަނގަޅު ކަމަށާއި އަންނަ ހަފުތާއި މިނިސްޓަރު އޮފީހަށް ވަޑައިގަންނަވަން ފައްޓަވާނެކަމަށް ފިނޭންސުން ބުންޏެވެ.

އެ ސާޖަރީގެ އިތުރު ތަފްސީލެއް ފިނޭންސުން ހާމަކޮށްފައެއް ނުވެއެވެ.