ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ވާދަކުރައްވާނީ ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒަރިއަންދު ކަމަށް އެ ޕާޓީން އިއުލާންކޮށްފި އެވެ.
މީގެ ކުރިން ފުޓުބޯޅައިގެ ތެރެއިން ގޯލްކީޕަރެއްގެ ގޮތުގައި މަޝްހޫރުވެގެންދިޔަ އަދި މާލީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ޒަރިއްޔަންދަކީ ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުކަން އިއުލާންކުރެއްވީ އެ ޕާޓީން އާޓިފިޝަލް ބީޗުގައި މިރޭ ކުރިއަށްގެންދާ ”ރީސެޓް“ ޖަލްސާގައެވެ.
ޒަރިޔަންދު ވަނީ ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަންކަމުގެ ހުންނަވައިގެން ވެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވައިފައެވެ. އެންމެ ބޮޑަށް އޭނާ އަޑުއުފުލާފައިވަނީ ކޮރަޕްޝަންގެ މައްސަލަތަކުގައެވެ.
ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ މާލޭ ސިޓީއަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިފައިވާ ކަމަށާއި އެ ހައްގުތައް އެ ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަންޖެހޭ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ތައުރީފުކުރައްވަމުން ޒަރިޔަންދު ވިދާޅުވީ މި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަށާއި އެހެންކަމުން އޭނާ މޭޔަރުކަމުގައި ހުންނަވާ އިރު، ރައީސްކަމުގައި ހުންނަވަން ބޭނުންވަނީ ރައީސް ޔާމީން ކަމަށެވެ.




ގުޅުންހުރި
ޔާމީން، މުއިއްޒަށް: އިގުތިސާދު އޮތީ ކޮޅަކަށް ނޫން، އިގުތިސާދާއި ކޮރަޕްޝަން ވެސް
މާލޭގެ ކައުންސިލަރުން ޝަރުތު ހަމަވަނީ ދިމްޔާތުގެ ބަދިގެ ބަލަހައްޓަން: ޔާމީން
ޔާމީންގެ ޖަލްސާއަށް ކަރަންޓް ނުދީފާނެތީ އަމިއްލައަށް ކަރަންޓު ދޭން ޖަނަރޭޓަރެއް ބަހައްޓައިފި
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!
ޕީއެންސީގެ ”ފައުޖު“ މާލެ ގެނެސްފި، ޔާމީން ވެސް މިރޭ ޖަލްސާއެއް ބާއްވަނީ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން: