މާލޭ ސަރަހައްދުގެ ވައި ނުސާފުވެ، އެންމެ ނުރައްކާ މިންވަރަށް އަރައިފިއެވެ.
ސެންޓަ ފޯ މެރިޓައިމް ސްޑަޓީޒްގައި ގާއިމުކޮށްފައިވާ އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައްކާގޮތުން މި ސަރަހައްދު މިހާރު ވަނީ ރަތް އެލާޓަށް އަރައިފައެވެ.
ވައި ނުސާފުވެ ރަތް އެލާޓަށް އެރުމަކީ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވުމެވެ. މާލޭ ސަރަހައްދުގެ ވައިގެ ކޮލެޓީ ހުރީ 175 ގައެވެ. މިއީ ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށްވެސް ބޮޑު ހާލަތެކެވެ.
އެއާ ކޮލެޓީ އިންޑެކްސް (އޭކިއުއައި) އިން ދައްކާގޮތުގައި ޕީއެމް 2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 90 މައިކްރޯ ގްރާމްގައެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 18 ގުނަ މަތީ މިންވަރެކެވެ.
މާލޭ ސަރަހައްދުގެ ވައި ނުސާފުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބޭރަށް ނުކުމެ އުޅޭއިރު މާސްކު ބޭނުންކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.




ގުޅުންހުރި
މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް ޓާމިނަލް 1
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް
ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމަށް ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމަނަނީ
ހުޅުމާލޭ ފޭސް އެކެއްގެ ގޯތިތަކުގެ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް