ފެނަކަ ކޯޕަރޭޝަންގައި ހިންގި ކޮރަޕްޝަން މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް އިއްވި ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 28 ގައެވެ. އެ ހުކުމް އިއްވީ އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
އެ މައްސަލައަކީ 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށްފައިވާ މައްސަލައެވެ. އެ މައްސަލައިގައި ބްލޭޒަން އިންކްއަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލައިގައި ސައީދުގެ މައްޗަށް ދައުވާކޮށްފައިވަނީ 26 ޑިސެމްބަރު 2024 ގައެވެ.
އެ މައްސަލައިގައި ދައުލަތުން ބުނެފައިވާ ގޮތުގައި އެ އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވެއެވެ.




ގުޅުންހުރި
ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން