ތަކުރާރުކޮށް އެކި ކުށްތައް ކުރާ 1،000 މީހުންގެ ތެރެއިން އެންމެ ގިނައިން ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފްރަންޓްލައިންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް އެންމެ ގިނައިިން ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
ވައްކަމުގެ މައްސަލަ ގިނަވާން މެދުވެރިވާ ދެ ސަބަބެއް ފާހަގަކުރެވިފައިވާ ކަމަށާއި އެއީ ވައްކަމުގެ މައްސަލަތަކުގައި ތަކުރާރުކޮށް ކުށްކުރާ މީހުން ހިމެނުން ކަމަށެވެ. އެއީ ގާތްގަނޑަކަށް 1،000 އެއްހާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ އެންމެ ގިނައިން ހުށަހަޅާ މައްސަލައަކީ ސައިކަލު ވަގަށް ނަގައިގެން ހުށަހަޅާ މައްސަލަތައް ކަމަށެވެ. އަދި އެފަދަ މީހުން މަގުމައްޗަށް ދޫވެފައި ތިބުމަކީ ވައްކަމުގެ ކުށްތައް އިތުރުވާ މައިގަނޑު އެއް ސަބަބު ކަމަށްވާތީ، އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހާއި ކުރިމިނަލް ކޯޓާ މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަކުރާރުކޮށް އެފަދަ ކުށްކުރާ މީހުންގެ ލިސްޓެއް މިދިޔަ މަހުން ފެށިގެން ހަދަން ފަށާފައިވާ ކަމަށާއި އެމީހުންގެ މައްސަލަތައް އަވަސްކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.




ގުޅުންހުރި
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު
ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު