މި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެކުގައި ކުރުމަށްޓަކައި ކުރީގެ ރައީސް ޔާމީންއާ މަޝްވަރާ ކުރާނެ ކަމަށް ކުރީގެ ދެ ރައީސުން ކަމަށްވާ، އިބްރާހިމް މުހައްމަދު ސޯލިހު އާއި މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު އެ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންނާއެކު މަސައްކަތް ކުރެއްވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
”އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރެވޭނެ ފަރާތްތަކެއް އެބަހުރި. އެއީ މިސާލަކަށް އަޅުގަނޑުމެން ނޫނަސް ކުރީގައި ރައީސްކަން ކޮށްފައި ތިބި ބޭފުޅުން އެބަ ތިއްބެވި. އެ ބޭފުޅުންނާއެކީ ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް އެ ބޭފުޅުންނާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިއުން. ޔާމީންއާ އެކީގައިވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ އިނގޭތޯ،“ ސޯލިހު ވިދާޅުވި އެވެ.
ނަޝީދަށްފަހު ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ގައުމު މިހާރު މިއޮތް ހާލަތުގެ ސަބަބުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެ ކަންތައް ކުރުމުގައި ޔާމީންގެ ހިއްސާއެއް ހިމެނުމަކީ އެދޭ ކަމެއް ކަމަށެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ގްރީނަށް ޖޫރިމަނާއަކާއެކު ފިޔަވަޅު އަޅައިފި، ވެލެންސިއާއިން ނިންމުން ބަލައެއް ނުގަތް
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި