ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ވ. އަތޮޅު ކުދަންބަރާ ކައިރީގައި އޮތް އެ ސަފާރީއެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ އެ ސަފާރީގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު 17:54 ހާއިރު ލިބިފައިވާ ކަމަށާއި މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދުއަށް ގެންގޮސްފައިވާ ކަމަށެވެ.
ސަލާމަތްކުރި މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ކަމަށާއި ފަތުރުވެރިންގެ ތެރޭގައި ފަސް ފިރިހެން ފަތުރުވެރިން އަދި އަދި 12 އަންހެން ފަތުރުވެރިން ހިމެނޭ ކަމަށެވެ. އަދި ފަޅުވެރިންގެ ތެރޭގައި ތިން ދިވެއްސަކާއި ފަސް ބަންގްލަދޭޝް މީހަކު އަދި ޖަރުމަނު މީހެއް ހިމެނޭ ކަމަށެވެ.
ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.




ގުޅުންހުރި
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ