ލީގަލައިޒްވާ ބިދޭސީންގެ ތެރެއިން ވަޒީފާއެއް ނެތް ބިދޭސީން ހޯދަން ފަށައިފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ”މާސް ލީގަލައިޒޭޝަން ޕްރޮގްރާމް“ ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިން މަސައްކަތްތައް މިނިސްޓްރީން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން މިނިސްޓްރީން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އަންގާ ކަމަށް އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ އެކުލަވާލާ ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމުގައިވާ ނަމަ، އެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖެހިގެންދާނެ ކަމުގައި ވަޒީފާދޭ ފަރާތްތަކަށް އަންގާ ކަމަށެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް 1485 ގުޅައި ނުވަތަ xpat@mohst.gov.mv އަށް އީމެއިލްކުރުމުން ލިބޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަަމަވެފައިވާ ބިދޭސީންގެ ހުއްދަ ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ”މާސް ލީގަަލައިޒޭޝަން ޕްރޮގްރާމް“ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 އިން ފެށިގެން އޭޕްރީލް މަހުގެ 2 ގެ ނިޔަލަށެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ގްރީނަށް ޖޫރިމަނާއަކާއެކު ފިޔަވަޅު އަޅައިފި، ވެލެންސިއާއިން ނިންމުން ބަލައެއް ނުގަތް
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި