ހުޅުމާލެ ދެވަނަ ފޭސްގެ މޫދުގައި 13 އަހަރުގެ ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި އޭރު އުމުރުން 17 އަހަރުގެ ކުއްޖާ 16 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖޫން 2021 ގައި ހިނގި މި މައްސަލާގައި އުމުރުން 17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އެވެ. އޭނާއަށް މިހާރު 18 އަހަރު ފުރިފައިވިޔަސް އެއީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރި ކުށަކަށްވާތީ އޭނާގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، މިދިޔަ އަންގާރަ ދުވަހުގައި ކުރި އެ ހުކުމުގައި އެ ކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން އަމުރުކޮށްފައިވަނީ 16 އަހަރާ 10 މަހާއި ހަތް މަސް ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް ކަމަށެވެ.
ނަމަވެސް ހުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި ހަތަރު އަހަރާއި ހަ މަހާއި ދެ ދުވަސް އުނިކުރުމުން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 12 އަހަރާ ހަތަރު މަހާއި ފަސް ދުވަސް ކަމުގައި ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް އަމުރު ކުރެއްވި ކަމަށްވެސް ބުންޏެވެ.
އެ އޮފީހުން ބުނީ، މީގެ އިތުރުން އެ މައްސަލާގައި އިތުރު މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާތީ އެ މައްސަލަ ނިމުމުން މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ހުށަހަޅަން އެ ކޯޓުގެ ހުކުމުގައި އަންގާފައިވާ ކަމަށެވެ.




ގުޅުންހުރި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި