ޑުރަގް ވިޔަފާރިކުރާ މީހުންނާއި މަނީ ލޯންޑަރިންގައި އުޅޭ މީހުން ހޯދަން ގއ. އަތޮޅުގައި ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި މުވައްޒަފަކު ހިމެނޭކަން އެނގިއްޖެ އެވެ.
ރާއްޖެ އަށް ޑުރަގް އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ މީހުން ހޯދަން ފުލުހުން ހިންގާ ”އޮޕަރޭޝަން އަލިމަގު“ ގައި 10 ތަނެއް ބަލައިފާސްކޮށް، ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ގއ. ވިލިނގިލީގެ މީހުންނެވެ. އެއީ:
- ޝައްފާހު ލަތީފު، 28، ޝެވޯނާ، ގއ. ވިލިނގިލި
- އަހުމަދު މަދީހް، 33، މިޔުޒިކީގެ، ގއ. ވިލިނގިލި
- އަހުމަދު އަނާމް އިބްރާހިމް، 30، އައިޒަން، ގއ. ވިލިނގިލި
- ނޫރުއްނިޒާމް، 35، އަރާއިރުގެ، ގއ. ވިލިނގިލި
އެ މީހުންގެ ތެރެއިން އަނާމްއަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނޫރުއްނިޒާމު ފިޔަވައި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. ނޫރުއްނިޒާމު ބަންދުކުރީ 15 ދުވަހަށެވެ.
އެ އޮޕަރޭޝަންގައި ޑުރަގާއި ފައިސާއާ ގުޅޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.




4 Comments
ގުޅުންހުރި
އެމެރިކާގެ ހަމަލާ ސްކޫލަކަށް އަމާޒުވެ، އިރާނުގެ ފަސް ކުއްޖަކު މަރުވެއްޖެ
އެމެރިކާ އާއި އިރާނުގެ ހަމަލާތައް ކުރިއަށް، ގަލްފްގެ ގައުމުތަކުގައި ގޮވުންތައް
މުޒާހަރާގެ މައްސަލައިގައި މައުރޫފް ހިމެނޭހެން އިތުރު ދެ މީހަކަށް ދައުވާކުރުމަށް ޕީޖީއަށް
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ވިހާފައި މަގުމައްޗަށް ދޫކޮށްލި ނިޒާމެއް: ޝިޔާމް
އީރާނުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން އެ ޤައުމުން ފޭބުމަށް ޗައިނާ ސަރުކާރުން
ޗާގޯސް ހޯދަން މަސައްކަތް ފެށުމުން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑުކުރަން