ނިމިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން ޑެންގޫ ޖެހިގެން, 413 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު, ޑެންގޫ ޖެހިގެން މިދިޔަ ޑިސެންބަރު މަހު ރިޕޯޓް ކުރި އަދަދަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެ ބަލި ޖެހިގެން ރިޕޯޓް ކުރި އަދަދަށްވުރެ އަށް ޕަސެންޓް އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޑެންގޫ ޖެހިގެން 382 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ޑިސެންބަރު މަހު ރިޕޯޓް ކުރި އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެންމެ 70 ކޭސް ރިޕޯޓް ކުރި އިރު، މިއީ 490 ޕަސެންޓް އިތުރުވުމެކެވެ.
ރާއްޖޭގައި ޑެންގޫ ހުން އިތުރުވަމުން އަންނާތީ، ރައްކާތެރިވުމަށް, އެޗްޕީއޭއިން މިދިޔަ މަހު ވަނީ އިރުޝާދު ވެސް ދީފައެވެ. އެހެންކަމުން މަދިރީގެ ކިބައިން ރައްކާތެރިވުމާއި، މަދިރި މަދުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑެންގޫ ހުމުން ރައްކާވެތިބުމަށް ކުރެވިދާނެ ކަންކަން:
- ފަތިސް އަދި ހަވީރު ގަޑީގައި ގޭގެ ދޮރުތަކާއި ކުޑަދޮތުރައް ލައްޕާފައި ބެހެއްޓުން.
- ހުސްފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރޭއާއި މަގުތައްމަތީ ފެން ހަރުލާގޮތަށް އުކާލާފައި ނުބެހެއްޓުން
ޑެންގޫ ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާ:
- އަރާމު ކުރުން.
- ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން.
- ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެން، ލޮނުޕެކެޓް، ސޫޕް ފަދަ ތަކެތި ހިމެނެއެވެ.
- ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެއެވެ.
- ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމު.




ގުޅުންހުރި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް ބާއްވާ ދުވުން ފަށައިފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް
އަވަށްޓެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރޭތީ އެ ގައުމުތަކަށް ދަތުރުކުރާއިރު ސަމާލުވާން އެދިއްޖެ
ހަ ހަފުތާ ތެރޭ 62 މީހަކަށް ކޮވިޑް ޖެހިއްޖެ
މިދިޔަ އަހަރު 148 މީހުންނަށް ޓީބީ ޖެހުނު: އެޗްޕީއޭ
ގުޅީގައި ފާނަބަސަންދު ފެތުރެނީ، މި މަހު 11 މީހަކަށް ބަލި ޖެހިއްޖެ،