ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޕާކިސްތާން ކައިރިން ބޮޑު މޮޅެއް ހޯދައިފި އެވެ.
ތައިލެންޑްގެ ނޮންތަންބުރީގައި ކުރިއަށްދާ ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ޕާކިސްތާން ބަލިކުރީ 7-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ލީޑު ނެގީވެސް ރާއްޖެއިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ރާއްޖެއަށް އެ ގޯލު ޖަހައިދިނީ އަހުމަދު ހަމީދު (އަންމަޑޭ) އެވެ. އޭގެ އިރުކޮޅެއް ފަހުން ރަނގަޅު އެޓޭކަކާއެކު އަލީ ޝިޔާހް (ޝިޔާ) ރާއްޖެއަށް ލީޑު ފުޅާކޮށްދިން އިރު، ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އިތުރު ގޯލެއް ޖަހައިދީ ފަރަގު ބޮޑުކޮށްދިނެވެ.
މެޗުގައި ރާއްޖެއިން ޖެހި ހަތަރުވަނަ ގޯލަކީ ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) ޕާކިސްތާނުގެ ނުރައްކާތެރި ހަމަލާއެއް މަތަކޮށް، އެއްފަރުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ގޯލެކެވެ.
މެޗުގައި ރާއްޖެ އިން ފަސް ވަނަ ގޯލު ޖެހީ ދުރު ޕެނަލްޓީއެއްގައެވެ. އެއީ ޕާކިސްތާނު ފަސް ފައުލް ހަމަވެ ލިބުނު ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ގޯލަށް ވައްދާލައި ލީޑު ފުޅާކޮށްދިނީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.
ދެވަނަ ހާފުގައި ޕާކިސްތާނުން މަސައްކަތް ކުރީ ޕަވާ ޕްލޭގެ ބޭނުން ކޮށް، އެޓޭކް ކުރުމަށެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ލިބުނު ބޯޅައިގައި ރާއްޖޭން ލީޑު ފުޅާކުރި އެވެ. ހަވަނަ ގޯލް ޖެހީވެސް ކެޕްޓަން އިންމި އެވެ.
މެޗުގައި ޕާކިސްތާނުގެ ފަރާތުން ފެނުނު ހަމައެކަނި ގޯލު، މެޗުގެ 26 ވަނަ މިނެޓުގައި ޖަހައިދިނީ ނިސާރު ހުސައިންނެވެ. އޭގެފަހުންވެސް ރާއްޖޭން ރަނގަޅަށް ކުޅުނު އިރު، ރާއްޖެއިން ހަތްވަނަ ގޯލު ޖެހީ މެޗު ނިމެން ހަތް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. މިއީ ރީތި ޕާހަކުން ރަނގަޅަށް ކޮންޓްރޯލް ކޮށްލައި، ޑިފެންޑަރުވެސް ބީޓް ކޮށްލާފައި ގޯލަށް ބޯޅަ ޗިޕް ކޮށްލައިގެން އަބްދުﷲ ޝާފިއު (ޝާއްޕެ) ޖަހައިދިން ގޯލެކެވެ.
މިފަހަރުގެ މުބާރާތަކީ ސާފުން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މުބާރާތުގައި ރާއްޖޭގެ އިތުރުން ޕާކިސްތާނާއި ބަންގްލަދޭޝް، އިންޑިއާ، ނޭޕާލްގެ އިތުރުން ބޫޓާން އަދި ސްރީ ލަންކާ ވާދަކުރަމުންދާ އިރު، ޗެމްޕިއަންކަން ލިބިގެންދާނީ ލީގު އުސޫލުން ކުޅެ، އެއްވަނައިގައި އޮންނަ ޓީމަށެވެ.




1 Comment
ގުޅުންހުރި
ގޯތި ހޯދުމަށް ސައްހަ ނޫން ލިޔުންތައް ހެދި މައްސަލައިގައި ފަޒީލްއާއެކު އިތުރު
މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި
ހާމަނައީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމަކީ އީރާނަށް އޮތް ވާޖިބެއް އަދި ހައްގެއް: މަސްއޫދު
ފެބުރުވަރީ މަހު ރާއްޖެއަށް 247،722 ޓޫރިސްޓުން އައި، 15 ޕަސެންޓުގެ އިތުރުވުމެއް!
ޚާމަނާއީ ހަވަހާރަވެފައިވާކަން އިރާނުން ކަށަވަރުކޮށްދީފި
ހަގުރާމައާ ގުޅިގެން އަތުވެދާނެ އިގުތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް އަޅާނެ: ޒަމީރު