ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި، ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އެ މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ޕްރޮޖެކްޓް އުސޫލުން، ރަޖިސްޓަރީ ކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން، ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރެކޯޑްތަކުން ދައްކާ ވޯކް ސައިޓުތައް މިއަދުން ފެށިގެން ”ޕެންޑިން ކްލިއަރެންސް“ ސްޓޭޓަސްއަށް ބަދަލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
”އަދި ރަޖިސްޓަރީ ކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން، ކޯޓާއެއް ނުނަގައި އެއް އަހަރު ދުވަހަށްވުރެ އިތުރު ވެފައިވާ ވޯކް ސައިޓްތައް 2026 ޖަނަވަރީ 25 ވަނަ ދުވަހުން ފެށިގެން ”އިން-އެކްޓިވް“ ސްޓޭޓަސްއަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބަދަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ..،“ މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
އެހެންކަމުން، މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް އަލުން އެކްޓިވޭޓް ކުރުމަށް މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް އާ ކުރުމަށްފަހު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ވޯކް ސައިޓުގެ ޑޮކިއުމަންޓް އަޕްޑޭޓް ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.




ގުޅުންހުރި
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
4 މަސާޖު ޕާލާއެއް ރެއިޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި