ޝެއިހް އަބްދުލް އަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފަށައިފިއެވެ.
އަޒީބެއަށް ސްޓްރޯކެއް ޖެހިގެން، ހޮސްޕިޓަލުގައި ފަރުވާދެމުންދާކަން ދަރިކަލުން އަހުމަދު ކުމައިލް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
ކުމައިލް ފޭސްބުކްގައި އިތުރު ތަފްސީލެއް ނުދެއްވައި ކުރެއްވި އެ ޕޯސްޓުގައި ވަނީ، އަޒީބެއަށް ހެޔޮ ދުއާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ އަޒީބެ ގެންދަވަނީ ޓީވީ މެދުވެރިކޮށް ދީނީ ނަސޭހަތްދިނުމުގެ އިތުރުން މިސްކިތްތަކުގައި ވެސް ދަރުސްތައް ދެއްވަމުންނެވެ.



