އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސުން ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ތައާރަފުކުރާ ޕްރޮމޯޝަންތަކުގެ ތެރެއިން، މިއަހަރުގެ ރޯދަ ސޭލް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮމޯޝަންތަކުގެ މަގުސަދަކީ ރޯދަމަހަށް ގޭތެރެ ކުލަލުމާއި ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދު އަދި އެ ނޫނަސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެންވެސް އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ވަރަށް ހާއްސަ ރޯދަ ސޭލެއް ފަށާފައިވާ ކަމަށާއި މިއަހަރުގެ ރޯދަ ސޭލް ކުރިއަށްދަނީ ވެލިގާ ހާޑްވެއާއާ ގުޅިގެން ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ޕްރޮމޯޝަން ރަސްމީކޮށް ފެށުނީ، ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ރޭ ބޭއްވި ހަފްލާއެއްގައެވެ. އެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ. އޭގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރު މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުންވެސް ވަނީ އެ ހަފްލާގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ރޯދަ ސޭލްގައި ޑިސްކައުންޓް އެޅުވިފައި ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކެގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުގައި ކަމަށާއި އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކަކުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. އަދި މަކިޓާގެ ބައެއް ޓޫލްސްތަކަކުން 70 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ޕްރޮމޯޝަން ކުރިއަށްދަނީ ވެލިގާ ހަރޑްވެއާއާ ވެސް ގުޅިގެންކަމުން، ވެލިގާ ހަޑްވެއާ އިން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްކަތުންވެސް ޑިސްކައުންޓް ލިބިގެންދާނެއެވެ.

އޭގެ އިތުރުން އެ ޕްރޮޑަކްޓްތަކުން ކުރާ ވިޔަފާރިތަކުން ކޮންމެ 500 ރުފިޔާއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަންތަކުން ނެގޭ ލަކީ ޑްރޯއަކުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ. އެގޮތުން އެވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ވައުޗަރެއް، ދެވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ވައުޗަރެއް އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް، ސްޓޯން ހޮޓެލްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުން ހަމަޖެހިގެންދާނެއެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނެ އައުޓްލެޓްތައް:

  • އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީ މަގު ފިހާރަ
  • މާލެ މަކިޓާ ޝޯރޫމް
  • ހުޅުމާލެ ކޮންސަޓްރަކްޝަންސް ޝޯރޫމް
  • މާލެ އަދި ހުޅުމާލޭގެ ވެލިގާ ހާޑްވެއާ އައުޓްލެޓްތައް

އެސްޓީއޯއިން ބުނީ އެ އައުޓްލެޓްތަކުގެ އިތުރުން އެސްޓީއޯގެ ރީޖަނަލްސް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުންވެސް އެ ޑިސްކައުންޓްތައް ލިބިގެންދާނެ ކަމަށެވެ. އަދި ރީޖަނަލް އައުޓްލެޓްތަކުން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓްތައް ގަންނަ ފަރާތްތަކަށްވެސް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މާޗް މަހުގެ 26 ގެ ނިޔަލަށެވެ.