ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް މަގާމުން ވަކިކޮށްފިއެވެ.
އަބްދުލްމަޖީދު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން ވަކިކޮށްފައިވަނީ މިއަދުއެވެ.
އަބްދުލްމަޖީދު މަގާމުން ވަކިކުރިކަން ސަރުކާރުން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.
އަބްދުލްމަޖީދަކީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ، ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔާއެވެ. އަދި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކަންކަން ބެލެހެއްޓުމާ ވެސް ހަވާލުވެ ހުންނެވީ އޭނާއެވެ.



