ގެވެށި އަނިޔާގެ މައްސަލައެއްގައި މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، އެކަމަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ދ. މީދޫގައި ގެވެށި އަނިޔާގެ މައްސަލައެއްގައި މީހެއްގެ ފޯނު ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފަހައްޓަން އުޅުމުން އެކަމަށް ހުރަސް އެޅި މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރުމުން، މީދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވި ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.


