ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 41 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ދިއްދޫ ބިން ހިއްކައި، ހިއްކި ބިމުގައި އެއާޕޯޓަކާއި ހައުސިން މަޝްރޫއުތައް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު، ’ލީވް އެރިކްސަން‘ ރާއްޖެ ގެނެސް ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 112 ހެކްޓަރު ހިއްކާނެ އެވެ.
އެމްއޭސީއެލް އިން ބުނީ، ދިއްދޫގައި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައި، 36.6 ޕަސެންޓުގެ މަސައްކަތް މިހާތަނަށް ނިންމާފައިވާ ކަމަށެވެ.
ލީވް އެރިކްސަންއަކީ އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރެޖަރެކެވެ. މިއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ފޭސް 2 ހިއްކަން ގެނައި ޑްރެޖަރެވެ.



ގުޅުންހުރި
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
ހުއްދަނެތި ވީއައިއޭގައި ވިޔަފާރިކުރާ ނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓް ޖައްސައިފި
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ