ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގްރޫޕެއް ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަ މީހެކެވެ. އެއީ:
- އަފްޖަލް ހޮސައިން (31އ)
- މުހައްމަދު އިމޮން ކަޒި (30އ)
- ހަބީބުއްރަހުމާން (35އ)
- ޔޫސުފް ޕްރޮދަން (30އ)
- ކަޒިން ރައިހާން (22)
- މުހައްމަދު ހަނީފް ބަޕަރީ (46އ)
މި މީހުންގެ ތެރެއިން މުހައްމަދު އިމޮން ކަޒި އާއި ކަޒި ރައިހާން އަދި މުހައްމަދު ޔޫސުފް ޕްރޮދަން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 22 ވަނަ ދުވަހު އެވެ. އަފްޖަލް ހޮސައިން އާއި ހަބީބުއްރަހްމާން ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 23 ވަނަ ދުވަހެވެ. އަދި މުހައްމަދު ހަނީފް ބަޕަރީ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 30 ވަނަ ދުވަހު އެވެ.
ފުލުހުން އިއްޔެ ވަނީ އަފްޖަލް ހޮސައިން އަދި ހަބީބު ރަހުމާންގެ ބަންދަށް އިއްޔެ 15 ދުވަސް ޖަހައިދީފަ އެވެ.


